އަހަރީ އައްޑަނަ މަޖައްލާގެ 22 ވަނަ އަދަދު ޑިފެންސް މިނިސްޓަރ ނެރެދެއްވައިފި
03 ނޮވެމްބަރ 2017 23:56

އަހަރީ އައްޑަނަ މަޖައްލާގެ 22 ވަނަ އަދަދު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިޔުރިޓީ އޮނަރަބަލް އާދަމް ޝަރީފު ޢުމަރު، މިރޭ ނެރެދެއްވައިފިއެވެ.

އައްޑަނަ މަޖައްލާގެ 22 ވަނަ އަދަދު ޑިފެންސް މިނިސްޓަރ ނެރެދެއްވީ، ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ޚާއްޞަ ޖަލްސާގައެވެ.

އައްޑަނަ މަޖައްލާގެ މިފަހަރުގެ އަދަދުގައި، 88 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާއާ ގުޅޭ ލިޔުންތަކާއި، މިއަހަރުގެ ތެރޭގައި ސިފައިން ހިންގާފައިވާ އިޖުތިމާޢީ ހަރަކާތްތަކާއި، އަދަބީ ލިޔުންތަކާއި، މުހިންމު މަޢުލޫމާތުތައް ވަނީ ހިމާނާފައެވެ. އަދި، މި މަޖައްލާގައި ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ބައެއް ސިފައިންގެ ލިޔުންތައް ހިމަނާފައިވެއެވެ.

އައްޑަނަ މަޖައްލާއަކީ، ކޮންމެ އަހަރަކު ދެފަހަރު އެމްއެންޑީއެފުން ނެރެމުންދާ މަޖައްލާއެކެވެ. މިގޮތުން ކޮންމެ އަހަރެއްގެ ސިފައިންގެ އަހަރީ ދުވަހާއި ނަޞްރުގެ ދުވަހުގެ މުނާޞަބަތުގައި އައްޑަނަ މަޖައްލާ ދަނީ ޝާއިޢުކުރަމުންނެވެ.