ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް އެމްއެންޑީއެފުން ޚާއްޞަ ޖަލްސާއެއް ބާއްވައިފި
03 ނޮވެމްބަރ 2017 23:50

ނަޞްރުގެ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ދުވަހާ ގުޅޭ ޚާއްޞަ ޖަލްސާއެއް ބާއްވައިފިއެވެ.

ކަޅުތުއްކަލާކޮށި ހެވިކަމުގެ މައިދާނުގައި މިރޭ ބޭއްވި މި ޖަލްސާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާދަމް ޝަރީފް އުމަރާއި ޑިޕާޓްމަންޓް އޮފް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރުގެ އިތުރުން ޚާއްޞަ މެހެމާނުގެ ގޮތުގައި ޑރ. އަޝްރަފް ޢަބްދުއްރަޙީމް ވެސް ވަނީ މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައެވެ.

މިރަސްމިއްޔާތުގައި ނަޞްރު ދުވަހާއި ގުޅިގެން ތައްޔާރުކޮށްފައިވާ ޚާއްޞަ ލަވައެއް އެމްއެންޑީއެފްގެ ބޭންޑުން ވަނީ ހުށަހަޅައިދީފައެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދާއި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ސީނިއަރ އޮފިސަރުންނާއި ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ އެކި ރޭންކުތަކުގެ ބޭފުޅުންގެ އިތުރުން އެހެނިހެން ރޭންކުތަކުގެ ސިފައިން ވެސް ބައިވެރިވެފައި ވެއެވެ.