ކ.ގުރައިދޫ ފަޅުތެރޭގައި އޮތް ޑައިވިންގ ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި
04 ނޮވެމްބަރ 2017 11:58

ކ.ގުރައިދޫ ފަޅުތެރޭގައި އޮތް ޑައިވިންގ ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 10:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާއެކު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ލޯންޗެއްގައި އެފްއާރުއެސްގެ ފަޔަރމަނުންގެ ޓީމެއް ވަނީ ކ.ގުރައިދޫއަށް ގޮސްފައެވެ. އެފްއާރުއެސްގެ ފަޔަރމަނުން އެސަރަޙައްދަށް ގޮސް، ރޯވެފައިވާ ދޯންޏަށް ފޯމްޖަހައިގެން ވަނީ އަލިފާން އެއްކޮށް ނިއްވާލާފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ދޯނީގެ މަތީ ގެގަނޑު އެއްކޮށްވަނީ އަނދާފައެވެ.