މުދާ އުފުލާ ދޯންޏެއް ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި
14 ނޮވެމްބަރ 2017 21:09

މާލެއިން މުދާ ހިފައިގެން މިރޭ މާލެ އަތޮޅު ކޮއްދިއްޕަރު ރިޒޯޓަށް ދަތުރުކުރަމުން ދިޔަ ''މުތީ'' ނަމަކަށްކިޔާ ސަޕްލައިދޯނި ފަރަށް އަރައިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ދޯނި ކޮއްދިއްޕަރު ރިސޯޓް ކައިރީގައި އޮތް ފަރަކަށް އަރައިގެން އުޅޭ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިރޭ 19:30 ހާއިރު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރ ކުރާފްޓް ވަނީ ޑައިވަރުންގެ ޓީމަކާއެކު އެ ސަރަޙަދަށް ގޮސް އެހީތެރިވުމުގެ މަސައްކަތް ފަށާފައެވެ.

މި ޙާދިސާ ހިނގިއިރު ދޯނީގައި ދެ ދިވެހިންނާއި ހަތަރު ބިދޭސީން ތިބި ނަމަވެސް މިއިން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާއިރު، ދޯނިގެ ބޮޑު ބައެއް ވަނީ ފެނުއަޑީގައެވެ.