ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްއިން ޤައުމީ ވީޑިއޯ ލަވަ އަލްބަމް ނެރެފި
18 ނޮވެމްބަރ 2017 23:31

ޤައުމީ ދުވަހުގެ މުނާޞަބަތުގައި އެމްއެންޑީއެފްއިން ކޮންމެ އަހަރަކު ނެރެމުންއަންނަ ޤައުމީ ވީޑިއޯ ލަވަ އަލްބަމް ނެރެފިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ފަރުމާއަކަށް ތައްޔާރުކުރި އަށް ލަވައިގެ މައްޗަށް އެކުލެވޭ މި ވީޑިއޯ ލަވަ އަލްބަމް ނެރެފައި ވަނީ މިއަދު ޓެލެވިޜަން މޯލްޑިވްސްއިން ގެނެސްދިން ޤައުމީ ދުވަހުގެ ޚާއްޞަ ޕްރޮގްރާމްގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަލްފާޟިލް އަޝްރަފް ޢަލީއެވެ.

މި އަލްބަމަށް ޅެން ހައްދަވާފައިވާ ބޭފުޅުންނަކީ މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރުގެ އިތުރުން އަލްފާޟިލް ޙަސަން ލަބީބް، އަލްފާޟިލް ފަތުހުﷲ ޞާލިޙް، އަލްފާޟިލް ޢަބްދުﷲ ޢަފީފް، އަލްފާޟިލް އަޝްރަފް ޢަލީ، އަލްފާޟިލް ޢަބްދުލް ޢަޒީޒު ޖަމާލު އަބޫބަކުރު، އަލްފާޟިލް ޢަބްދުލްޖަލީލް އިސްމާޢީލް އަދި އަލްފާޟިލް މުޙައްމަދު ޢަބްދުލް ޣަނީއެވެ.

މި އަލްބަމްގެ ބައެއް ލަވަތަށް ވިދާޅުވެދެއްވާފައިވަނީ އަތޮޅުތަކުގެ މަޝްހޫރު ލަވަކިޔުންތެރިންނެވެ.

ޕެން ޑްރައިވްއެއްގައި ނެރުނު މި ވީޑިއޯ ލަވަ އަލްބަމްގައި ހިމެނޭ ހުރިހާ ރާގުތަކަކީ އަމިއްލަ ރާގުތަކެކެވެ. މި ރާގުތައް އުފައްދާފައި ވަނީ އެމްއެންޑީއެފް ބޭންޑް އެންޑް މިއުޒިކް ވިންގުންނެވެ. އަދި މި އަލްބަމްގެ ލަވަތަކަށް ވީޑިއޯ ތައްޔާރުކޮށްފައިވަނީ އެމްއެންޑީއެފް މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްއިންނެވެ.

އެމްއެންޑީއެފްއިން ތައްޔާރުކުރި މިއަލްބަމުގެ ލަވަތައް އެމްއެންޑީއެފް ޔޫޓިއުބް ޗެނަލުންނާއި އެމްއެންޑީއެފް ފޭސްބްކް ޕޭޖް އަދި އެމްއެންޑީއެފް ސައުންޑް ކްލައުޑް ޕޭޖުން ޑައުންލޯޑްކުރެވޭނެއެވެ.

އެމްއެންޑީއެފް އިން ޤައުމީ ދުވަހުގެ މުނާސަބަތުގައި ނެރެމުންއަންނަ ޤައުމީ ލަވަ އަލްބަމް ނެރެމުން އަންނަތާ މިއީ 16 ވަނަ އަހަރެވެ.

https://youtu.be/ZJh18PfcmJY

https://youtu.be/UiW9ZWe7Hro

https://youtu.be/Zgre7DzbjKg

https://youtu.be/FpXW2MJ6y4A

https://youtu.be/z0yjf423OUg

https://youtu.be/-oTIgL--8Yc

https://youtu.be/dtrXMpnr22k

https://youtu.be/SBkwm9TUbQo