ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއަށް ޒިޔާރަތްކޮށްފި
21 ނޮވެމްބަރ 2017 12:00

ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީއަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

މިއަދު އަރަބިއްޔާ ސްކޫލުގެ ދަރިވަރުން، ހުޅުމާލެ ބަނދަރުގައި އޮތް ކޯސްޓްގާޑް ޝިޕް ޣާޒީއަށް މި ކުރި ޒިޔާރަތުގައި ކަނޑުމަތީގެ ސަލާމަތާ ރައްކާތެރިކަމާއި ކަނޑުމަތީގައި ހާދިސާއެއް ދިމާވެއްޖެ ނަމަ ޢަމަލު ކުރާނެ ގޮތްތަކާ ގުޅޭ މަޢުލޫމާތު ދީފައިވެއެވެ.

މީގެ އިތުރުން ކޯސްޓްގާޑް ޝިޕް ޣާޒީގައި ބޭނުންކުރާ އާލާތްތަކާއި ކޯސްޓްގާޑް ޝިޕާ ގުޅޭގޮތުންވެސް މަޢުލޫމާތު ދީފައިވެއެވެ.

ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުން ކޯސްޓްގާޑް ޝިޕް ޣާޒީއަށް މިއަދު ކުރި ޒިޔާރަތުގައި އެ ސްކޫލުގެ ގުރޭޑު 5 ގައި ކިޔަވަމުންދާ 69 ދަރިވަރުން ބައިވެރިވެފައިވެއެވެ.