ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
21 ނޮވެމްބަރ 2017 07:23

ބަންގްލަދޭޝްއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ ރިއަރ އެޑްމިރަލް އަޚްތަރު ޙަބީބް، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙުމަދު ޝިޔާމް އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ބަންޑާރަކޮށީގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ އަސްކަރިއްޔާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ދިވެހި އަސްކަރިއްޔާއަށް ތަމްރީނާއި އުނގެނުމުގެ ފުރުޞަތު ތަނަވަސްކުރެއްވުމުގެ ގޮތުން ފުޅާ ދާއިރާއެއްގައި ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ. އަދި އެމްއެންޑީއެފްގެ ކުރިއެރުމާއި ތަރައްޤީއަށް ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.