ސީ ކެޑޭޓުންނަށް ކޯސްޓްގާޑުން ކަނޑުމަތީގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ފަށައިފި
28 ނޮވެމްބަރ 2017 15:12

މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ ސީ ކެޑޭޓުންނަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކަނޑުމަތީގެ ތަމްރީނު ދިނުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދުން ފެށިގެން ދެ ދުވަހުގެ މުއްދަތަށް އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގައި ކުރިއަށް ގެންދާ މި ތަމްރީންތަކުގައި ރާއްޖޭގެ އެކި ސްކޫލްތަކުން 19 ސީ ކެޑޭޓުން އަންނަނީ ބައިވެރިވަމުންނެވެ.

މި ތަމްރީން ޕްރޮގްރާމުގައި ކިޔަވައިދޭ ބައިތަކުގެ ތެރޭގައި ޝިޕް ބޯޑިންގ އާއި ބޭސިކް ނެވިގޭޝަން، ސީމަންޝިޕް، ޝިޕް ބޯޑް ޑްރިލްސް، ފަޔަރ ފައިޓިންގ، އަދި ޝިޕްގެ މައިގަނޑު ބައިތައް ހިމެނެއެވެ.

މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ މުދައްރިބުންނެވެ.