ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަން
30 ނޮވެމްބަރ 2017 09:40

މާލެ އަތޮޅު ސިނަމަން ދޮންވެލި މޯލްޑިވްސް ރިސޯޓްގެ ހުޅަނގު ފަރާތަށް މިއަދު ދޯންޏެއް އަޑިއަށް ގޮސް ގިނަ އަދަދެއްގެ ފިލާ އޮޔާދާތީ މިސަރަހައްދުން ކަނޑުދަތުރު ކުރައްވާ އެންމެހާ ފަރާތްތަކުން ސަމާލުކަން ދެއްވުމަށް އިލްތިމާސް ކުރަމެވެ.

މޫސުމް ގޯސްވުމުގެ ސަބަބުން "ހިތްވަރު 03" ނަމަކަށް ކިޔާ މި ދޯނި އަޑިއަށް ދިއުމުގެ ހާދިސާގައި އެދޯނީގައި ބައެއް މުދާތައް އޮޮޔާދާތީ އެ ސަރައްހައްދުން ރޭގަނޑު ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ވެސް އިލްތިމާސް ކުރަމެވެ.

މި ހާދިސާ ހިނގިއިރު ދޯނިން ތިން މީހުން ދަތުރުކުރިއެވެ. މި ހާދިސާ ހިނގުމާއެކު ސިނަމަން ދޮންވެލި މޯލްޑިވްސް ރިސޯޓުން ފޮނުވި އުޅަނދަކުން ވަނީ އެމީހުން ސަލާމަތްކޮށް ރިސޯޓަށް ގެންގޮސްފައެވެ.