ހާލުބޮޑު ދެ ބަލި މީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
02 ޑިސެމްބަރ 2017 03:15

ހާލުބޮޑު ދެ ބަލިމީހަކު އެމްއެންޑީއެފް ކުރަނގި ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މިއަދު ހެނދުނު 10:20 ހާއިރު މާލެ ގެނެސްދީފައިވަނީ އއ.ރަސްދޫ ގައި ހުންނަ އއ.އަތޮޅު ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން 81 އަހަރުގެ އަންހެނެކެވެ. އަދި މިއަދު 13:00 ހާއިރު ޅ.ނައިފަރުން މާލެ ގެނެސްދީފައި ވަނީ ޅ.އަތޮލޫ ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ އުމުރުން 69 އަހަރުގެ އަންހެނެކެވެ. މި ދެމީހުން ސިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްފައި ވަނީ އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް މިބަލިމީހުން ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

މި ދެމީހުން މިހާރު ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.