ތޫފާން "އޯޗީ" އާއި ގުޅިގެން ހާލުގައިޖެހި އޮޔާދާ ބޭރުގެ މަސް ބޯޓުތަކަށް ސަމާލުވުމަށް ދަންނަވަން
05 ޑިސެމްބަރ 2017 08:12

ދިވެހިރާއްޖެ ހިމެނޭ ސަރަހައްދުގައި އުފެދުނު ތޫފާން "އޯޗީ" ގެ ސަބަބުން ބޭރުގެ ގިނަ އަދަދެއްގެ އުޅަނދުފަހަރު، ދިވެހިރާއްޖޭގެ އިޤްތިސާދީ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ހާލުގައިޖެހި ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވަމުންދާކަމުގެ ޚަބަރު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައެވެ.

މިދުވަސްވަރަކީ ތޫފާން "އޯޗީ" އާއި ގުޅިގެން ގިނައަދަދަކަށް ލަކުޑި ފަދަ ތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި އޮޔާދާ ދުވަސްވަރަކަށް ވާތީވެ، ކަނޑު ދަތުރު ކުރައްވާ ފަރާތްތަކުން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވަމެވެ.

އަދި ރާއްޖޭގެ އުތުރާއި ހުޅަނގުއުތުރުން ސްރީލަންކާގެ 30 މަސްބޯޓެއް އޮޔާދާކަމުގެ މަޢުލޫމާތު، ސްރީލަންކާގެ އެމްބަސީއިން ވަނީ، އެމްއެންޑީއެފް ކޯސްޓްގާޑަށް އަންގާފައެވެ.

ވީމާ ދިވެހި މަސްވެރިންނާއި ދަތުރުވެރިން މިކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވައި ހާލުގައި ޖެހިފައިވާ އުޅަނދެއް ފެނިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑް ހިލޭ ގުޅޭ ނަމްބަރު 191 އަށް ގުޅުއްވައި ދެއްވުމަށް ދަންނަވަމެވެ.