ގދ.ރަތަފަންދޫގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށައިފި
17 ފެބްރުއަރީ 2018 12:23

ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރަމުންދާ ވިއްސާރާގައި ގދ.ރަތަފަންދޫގައި ފެން ބޮޑުވުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ.

ރޭ މެންދަމުން ފެށިގެން ގދ.ރަތަފަންދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެ އެރަށުގެ ބައެއް ގޭގެ އާއި ޚިދުމަތް ދޭ ތަންތަނަށް ފެން ވަންނާތީ ފެން ހިއްކުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ  ކާޑެއްދު ޕޯސްޓާއި ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

މިގޮތުން އެރަށުގެ ދެ ގެއަކަށް ފެން ވަދެފައިވާއިރު މި ދެ ގެއިން ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން އެރަށުގެ މަގުތަކުގައި ހެދިފައިވާ ފެން ހިއްކުމަށްޓަކައި ޕަމްޕު ޖައްސައިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.