ޅ.ނައިފަރުން ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ލޯންޗެއްގައި މާލެ ގެނެސްދީފި
26 ފެބްރުއަރީ 2018 06:59

ޅ.ނައިފަރު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި ކުއްޖަކު އެމްއެންޑީއެފް ނޮދަން އޭރިއާ ގަލްފް ކުރާފްޓް ލޯންޗެއްގައި މިއަދު މާލެ ގެނެސްދީފި އެވެ.

މިއަދު ހަވީރު 17:35 ހާއިރު މާލެ ގެނެސްދީފައި ވަނީ ނިއުބޯން ބޭބީ ކުއްޖެކެވެ. މި ކުއްޖާ ސިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްފައި ވަނީ ފިޓްޖެހޭތީ ނައިފަރު ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުން މިކުއްޖާ، އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާދެއްވުމާ ގުޅިގެންނެވެ.

މި ތުއްތުކުއްޖާ މިހާރު ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ.