ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ ވަފުދުގެ ބޭފުޅުން ޗީފް އޮފް ޑިފެންސް ފޯސް އާއި ބައްދަލުކުރައްވައިފި
13 މާރޗް 2018 03:42

މިހާރު ރާއްޖެ ޒިޔާރަތްކުރައްވަމުން ގެންދަވާ ސްރީލަންކާގެ ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީގެ އިސް ވަފުދު ގެ ބޭފުޅުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ބައްދަލުކުރައްވައިފިއެވެ.

މިއަދު ބަންޑާރަ ކޮށީގައި ބޭއްވެވި މި ބައްދަލުކުރެއްވެވުމުގައި ޖެނެރަލް ސަރ ޖޯން ކޮޓެލާވަލާ ޑިފެންސް ޔުނިވަރސިޓީއިން ޚާއްޞަ ފަންނުތަކުން ދިވެހި ސިފައިންނަށްހުރި، އުނގެނުމުގެ ފުރުޞަތު ތަކާއި ގުޅޭގޮތުން ވަނީ ފުޅާ ދާއިރާއެއްގައި މަޝަވަރާކުރައްވާފައެވެ.

މިބައްދަލުކުރެއްވެވުމުގައި އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒްގެ ކޮމާންޑިންގ އޮފިސަރ ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދު ވަނީ ބައިވެެރިވެވަޑައިގަންނަވާފައެވެ.

މިމަހު 11 ވަނަ ދުވަހު ރާއްޖެ ޒިޔާރަތްކުރި މި ވަފުދުގެ ބޭފުޅުން މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދުގެ ވަގުތެއްގައި ރާއްޖެއިން ފުރާވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.