ޕާކް ކޮށްފައި އޮތް ވެހިކަލެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސް އިން ނިއްވާލައިފި
07 ޑިސެމްބަރ 2018 06:40

އެމްއެންޑީއެފް މާލެ އޭރިއާ ފަޔަރ ސްޓޭޝާންގެ ފަޔަރމަނުން ބޮޑުތަކުރުފާނު މަގު ކަސްޓަމްސް ސަރަހައްދު (އޭޑީކޭ ޖެނެރަލް ޓްރޭޑިންގ) ކައިރި ޕާކް ކޮށްފައި އޮތް ވޭނެއްގައި ރޯވި އަލިފާން މިއަދު ހެނދުނު ނިއްވާލައިފިއެވެ.

މި ޙާދިޞާގެ ރިޕޯރޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އަށް ލިބިފައިވަނީ މިއަދު ހެނދުނު 5:18 ހާއިރުއެވެ. މި ހާދިސާގެ ރިޕޯރޓް ލިބުމާއި އެކު ފަޔަރ ފައިޓިންގ ޓީމެއް ވަނީ އެސަރަހައްދަށް ގޮސް ހަރަކާތްތެރިވާންފަށާފައެވެ. ފަޔަރ ފައިޓިންގ ޓީމުން އެސަރަހައްދަށް ގޮސް ބެލިއިރު ވޭންގެ ބެޓެރިއާއި ކުރީ ސީޓުގެ ދަށްފުށުގައި އަލިފާން ރޯވެފައިވުމުން އަލިފާން ނިވި ބޭނުންކޮށްގެން އެކީ ނިއްވާލާފައިވަނީ މިއަދު ހެނދުނު 5:31 ހާއިރު އެވެ.

މި ޙާދިޞާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ނަމަވެސް މި ވޭނަށް ވަނީ އެކިވަރުގެ ގެއްލުން ލިބިފައެވެ.  މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިހާރު ދަނީ މި ޙާދިޞާ ތަޙުގީގްކުރަމުންނެވެ.