ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް ދޯންޏެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ތިނަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވެއްޖެ
23 ނޮވެމްބަރ 2020 11:55

ގދ. ތިނަދޫ ފަޅުތެރޭގައި އަޅާފައި އޮތް "ރާސްތާ" ދޯނީގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ގދ.ތިނަދޫ ފަޔަރ ސްޓޭޝަން އިން ހަރަކާތްތެރިވެއްޖެއެވެ.

ރޭ މެންދަމު 12:34 ހާއިރު ހިނގި މި އަލިފާނުގެ ހާދިސާގެ ރިޕޯރޓް ލިބުމާއި ގުޅިގެން އެމްއެންޑީއެފް ތިނަދޫ ފަޔަރ ސްޓޭޝަންގެ ސިފައިން ހަރަކާތްތެރިވެ އެ ދޯނީގައި ރޯވެފައިވާ އަލިފާން ވަނީ ނިއްވާލާފައެވެ. މި ދޯނީގައި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ގޭސް ފުޅިން ގޭސް ލީކުވެފައިވަނިކޮށް އުނދުން ރޯކުރުމުން ހުޅުފަޅައިގެން ގޮސްގެންކަމަށް މިހާތަނަށް ބެލިބެލުމުން ވަނީ އެނގިފައިވެއެވެ.

މި ހާދިސާގައި އެ ދޯނީގައި ތިބި ދިވެހި، ހަތަރު ފަޅުވެރިއަކު ވަނީ އެކި ވަރަށް ފިހި ފައެވެ. އަދި އެމީހުންނަށް ފަރުވާ ދެމުން ގެންދަނީ ގދ.ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައެވެ.


Video : 4th Indian Ocean Conference...