އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ ހައްދަވާފައި ޅެން ފޮތް "އެދުވަސް" އެމްއެންޑީއެފްއަށް ހަދިޔާކުރައްވައިފި
31 ޖެނުއަރީ 2018 08:52

2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގެ ހަނދާނުގައި އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ ހައްދަވާފައި ޅެން ފޮތް "އެދުވަސް" އެމްއެންޑީއެފްއަށް ހަދިޔާކުރައްވައިފިއެވެ.

މި ޅެން ފޮތް އެމްއެންޑީއެފް އަށް ހަދިޔާކުރައްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި އެކު އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ބައްދަލުކުރެއްވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި ޅެން ފޮތް "އެދުވަސް" އާއި ގުޅޭގޮތުން އަލްފާޟިލާ ރަމްލާ ޢަބްދުލްޣަނީ ވަނީ ޗީފް އޮފް ޑިފެންސް ފޯސް އާއި މަޢުލޫމާތު ހިއްސާ ކުރައްވާފައެވެ.