ލ.ގަމުން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްފި
06 ފެބްރުއަރީ 2018 10:32

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

މިއަދު ހެނދުނު 08:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 31 އަހަރުގެ ފިރިހެނެކެވެ. މި މީހާ މާލެ ގެނެސްދީފައިވަނީ ލ.ގަމު ރީޖަނަލް ހޮސްޕިޓަލުން ބެއްލެވި ޑޮކްޓަރުން އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ލަފާ ދެއްވުމާ ގުޅިގެންނެވެ.

މި މީހާ މި ހާރު ވަނީ މާލެ ގެނެސް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދޭން ފަށާފައެވެ.