ދަތުރުކުރަމުންދިޔަ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް ކުޅުދުފުއްޓަށް ގެންދިއުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
18 މެއި 2018 02:12

ސިންގަޕޫރުން ފުރައިގެން މިސްރަށް ދަތުރުކުރަމުންދިޔަ މޯލްޓަރގެ "ސީއެމްއޭ ސީޖީއެމް ވޯލްގަ" ނަމަކަށްކިޔާ އާގު ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ސިއްހީ އަވަސް ފަރުވާއަށް، ހދ.ކުޅުދުފުއްޓަށް ގެންގޮސްދިނުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު އިއްޔެ ހަވީރު 17:45 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑުގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު، ޑޮކްޓަރުންގެ ޓީމަކާއެކު ނޮދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޓީމެއް ވަނީ ބޯޓު އޮތް ސަރަޙައްދަށް ދިޔުމަށް ފުރާފައެވެ. މި ހާދިސާގައި މިބަލިމީހާ އެމްއެންޑީއެެފް ކޯސްޓްގާޑްގެ އުޅަނދަަށް ނަގާފައިވަނީ، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ ހުއްދައާއިއެކު މި ބޯޓު އުލިގަމުގެ 12 ނޯޓިކަލް މޭލު ބޭރަށް މި ބޯޓު ކައިރިކުރުމުންނެވެ.

މިސްރަށް ދަތުރުކުރަމުންދިޔަ މި ބޯޓުގައި އޮތް ރޫމޭނިޔާގެ އުމުރުން 30 އަހަރުގެ މި ބަލި މީހާ ކުޅުދުފުއްޓަށް ގެންދެވޭނެކަމަށް ލަފާކުރެވެނީ މިރޭ 3:00 ހާއިރުއެވެ.