އެންދަމަން ފޭބި މީހަކު ޑީކޯވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފި
24 ޖޫން 2018 10:47

ގއ. ވިލިނގިލި ކައިރީ މަސްވެރިކަން ކުރަން އުޅުނު ދޯންޏަކުން އެން ދެމުމަށް ވައި ފުޅި އަޅައިގެން ފީނި މީހަކު ޑީކޮޕްރެޝަން ސިކްނެސް (ޑީކޯ) ވެގެން އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯރޓް އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބިފައިވަނީ މިއަދު ހެނދުނު 8:30 ހާއިރުއެވެ. މި ހާދިސާ ދިމާވި އިރު ދޯނި އޮތީ ގއ. ވިލިނގިލީގެ އިރުން 11 މޭލު ބޭރުގައެވެ.  މިކަމުގެ މަޢުލޫމާތު ލިބުމާއި އެކު ގއ. ވިލިނގިލި ސީ އެމްބިއުލާންސް ވަނީ އެ ސަރަހައްދަށް ގޮސް އުމުރުން 41 އަހަރުގެ މި މީހާ ސީ އެމްބިއުލާންސް އަށް ނަގާފައެވެ.

މި މީހާ ސިއްހީ އިތުރު ފަރުވާއަށް މިއަދު ހެނދުނު 10:30 ހާއިރު ގދ. ތިނަދޫ ހޮސްޕިޓަލަށް ވަނީ ގެންގޮސްދީފައެވެ.