ޤައުމީ ދުވަހުގެ މުނާޞަބަތުގައި ހއ.އުތީމުގައި އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ ހުށަހަޅައިދީފި
09 ނޮވެމްބަރ 2018 21:00

ދިވެހިރާއްޖޭގެ ފަޚުރުވެރި ޤައުމީ ދުވަހުގެ މުނާޞަބަތާ ގުޅިގެން އެމްއެންޑީއެފްގެ ޑްރިލް ޑިސްޕްލޭ ހއ. އުތީމުގައި މިއަދު ބާއްވައިފިއެވެ.

އެމްއެންޑީއެފްގެ ފަރާތުން ބޭއްވި ޑްރިލް ޑިސްޕްލޭ ހަރަކާތް ކުރިއަށްގެންގޮސްފައިވަނީ މިއަދު ހަވީރު އުތީމު ބަނދަރު ސަރަޙައްދުގައެވެ. އަދި، ޤައުމީ ދުވަހާ ގުޅިގެން ހދ.ކުޅުދުއްފުށީގައި ވެސް މާދަމާ ހަވީރު 16:30 ގައި، އެރަށު ޒޯން ސްޓޭޑިއަމް ސަރަޙައްދުގައި، އެމްއެންޑީއެފްގެ ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިއަދު ހއ.އުތީމުގައި ބޭއްވި ޑްރިލް ޑިސްޕްލޭ ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރިއިރު، ޢާންމުންގެ ބޮޑު ތަރުހީބެއް ޑްރިލް ޑިސްޕްލޭއަށް ލިބިފައިވެއެވެ.

ދިވެހިރާއްޖޭގައި ފާހަގަކުރާ ޤައުމީ ދުވަސްތަކާ ގުޅިގެން ރާއްޖޭގެ އެކި ރަށްރަށުގައި އެމްއެންޑީއެފް ޑްރިލް ޑިސްޕްލޭ މީގެކުރިން ވެސް ހުށަހަޅައިދީފައިވެއެވެ.