އއ.ތޮއްޑޫއިން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި
14 ފެބްރުއަރީ 2019 09:51

އއ.ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް މާލޭ އޭރިއާގެ އެހީތެރިކަމާއެކު މިއަދު ހެނދުނު 08:30 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 59 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް އއ.ތޮއްޑޫ ހެލްތު ސެންޓަރުން އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި މީހާ މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.