ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފި

ތާރީޚް: 23-04-2021, 06:04


ކ.ކުޑަ ވިލިނގިލި ކައިރީގައި އޮތް ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ނިއްވާލައިފިއެވެ.

 

މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 03:23 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު ފަޔަރ ފައިޓަރުންނާއެކު ފަޔަރ ލޯންޗް (އެކޯ-9) ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ޓީމު، އެސަރަހައްދަށް ގޮސް ދޯނީގައި ރޯވެފައިވާ އަލިފާން ނިއްވާލާފައި ވަނީ ފަތިހު 04:38 ހާއިރުއެވެ. މިހާދިސާގައި އެ ދޯނީގައި ތިބި 4 މީހުންގެ ތެރެއިން ދިވެއްސަކާއި ބިދޭސީއަކަށް ވަނީ އަނިޔާ ލިބިފައެވެ. އަދި ދޯންޏަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.  މި ދޯންޏަކީ ޓޮޕް ޓުއާޒް ކުންފުނީގެ "ޓޮމް ކުރޫޒާ" ނަމަކަށް ކިޔާ ދޯންޏެކެވެ.

މިހާދިސާގައި އަނިޔާވި ދެމީހުން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ފަަޔަރ ލޯންޗްގައި މިއަދު ހެނދުނު 05:50 ހާއިރު ވަނީ މާލެ ގެނެސް، އައިޖީއެމް ހޮސްޕިޓަލަށް ގެންދެވިފައެވެ. މިހާދިސާގައި ދޯނީގައި އަލިފާން ރޯވެފައި ވަނީ ދޯނީގެ ބަދިގޭގައެވެ.