މ.މުލީން ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތާރީޚް: 23-04-2021, 11:55


މ.މުލީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލި މީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު މާލެ ގެނެސްދީފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާއި އެކު މިއަދު ހެނދުނު 10:45 ހާއިރު މާލެ ގެނެސްދީފައިވަނީ އުމުރުން 64 އަހަރުގެ އަންހެނެކެވެ. މި މީހާ މާލެ ގެނެސްދީފައި ވަނީ ޞިއްޙީ އިތުރު އަވަސް ފަރުވާއަށް މާލެ ގެންދިއުމަށް މ.މުލީ ރީޖަނަލް ހޮސްޕިޓަލުން މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާ ދެއްވުމުންނެވެ.

މި މީހާ މާލެ ގެނެސް މިހާރު ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްދީފައެވެ.