ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފުގެ އަސްކަރީ ޚިދުމަތުގައި މިވީ 33 އަހަރުގެ ޚިދުމަތް އެމްއެންޑީއެފް ނޮދަން އޭރިއާއިން ފާހަގަކޮށްފި

ތާރީޚް: 02-05-2021, 21:09


ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފުގެ އަސްކަރީ ޚިދުމަތުގައި މިވީ 33 އަހަރުގެ ޚިދުމަތް  އެމްއެންޑީއެފް ނޮދަން އޭރިއާގެ ސިފައިން ފާހަގަކޮށްފިއެވެ. 

އެމްއެންޑީއެފް ނޮދަން އޭރިއާގެ ކޮމާންޑަރުގެ މަޤާމުގައި ހުންނެވި ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފުގެ އަސްކަރީ ޚިދުމަތް ފާހަގަކުރުމުގެ ގޮތުން މެއި 1 ވަނަ ދުވަހު އެމްއެންޑީއެފް ނޮދަންއޭރިއާ ކުޅުދުއްފުށީ ޕޯސްޓުގައި ބޭއްވި ހަފުލާގައި ބްރިގޭޑިއަރ ޖެނެރަލް އިސްމާޢީލް ޝަރީފުގެ ޚިދުމަތަށް ޚާއްޞަކޮށްފައިވާ ކޭކެއް ފެޅުން އޮތެވެ.

މި ހަފުލާގައި، އެމްއެންޑީއެފް ނޮދަން އޭރިއާގައި މަސައްކަތްކުރައްވާ އޮފިސަރުންނާއި ވޮރަންޓް އޮފިސަރުން އަދި އެންލިސްޓެޑް ރޭންކުތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެލެއްވިއެވެ.