މއ.މޯނިންވިއުގެ 3 ވަނަ ފަންގިފިލާގައި ރޯވި އަލިފާން އެފްއާރްއެސް އިން ނިއްވާލައިފި

ތާރީޚް: 27-05-2021, 04:35


މއ.މޯނިންވިއުގެ 3 ވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރިވިސް އިން ހަރަކާތްތެރިވެ އަލިފާން ނިއްވާލައިފިއެވެ.

މި ހާދިސާގެ މަޢުލޫމާތު ރޭ ފަތިހު 05:00 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް ލިބުމާއެކު މާލެ ފަޔަރ ސްޓޭޝަންގެ ސިފައިންވަނީ ހަރަކާތްތެރިވާން ފަށާފައެވެ. މެދުކެނޑުމެއްނެތި ފަޔަރފައިޓަރުން ކުރި މަސައްކަތުން 05:46 ހާއިރު ހާދިސާ ސްޓޭބަލްކޮށް، 07:40 ހާއިރު ވަނީ އެއްކޮށް ނިއްވާލާފައެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ނަމަވެސް އެ ފަންގިފިލާގައި ހުރި ބައެއް ތަކެއްޗަށް ވަނީ އެކިވަރުގެ ގެއްލުންތައް ލިބިފައެވެ. މޯލްޑިވްސް ޕޮލިސް ސަރވިސް އިން ގެންދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.