މަސްވެރިކަން ކުރަން އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 14-06-2021, 09:40


މަސްވެރިކަން ކުރަން ނިކުމެ އުޅުނު ދޯންޏެއްގެ ފަޅުވެރިއެއްގެ ލޮލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ސ.ގަން ބޮއެ ކައިރީގައި މަސްވެރިކަން ކުރަން ނިކުމެ އުޅުނު "ރަސްއައިނު" ދޯނީގައި ހުރި، މެދުއުމުރުގެ ދިވެއްސެއްގެ ލޮލަށް ބުޅިއެއް ހެރިގެން، އެކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހެނދުނު 06:12 ހާއިރުއެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމީހާއަށް އަވަސް ފަރުވާ ދިނުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ސީއެންބިއުލައިންސްގައި ބަލިމީހާ ސ.ފޭދޫއަށް މިއަދު ހެނދުނު 07:52 ހާއިރު ވަނީ ގެންދެވިފައެވެ.