ގދ.ފަރެސްމާތޮޑާ ކައިރިން ތެޔޮ ބޯޓެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 17-06-2021, 20:00


17 ދިވެހިންނާއެކު ދަތުރުކުރި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) ގެ "އެމްވީ.އަލިހުރަސް" ތެޔޮ ބޯޓު ގދ.ފަރެސްމާތޮޑާ ކައިރިން ދިޔަވާތީ، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

4.5 މިލިއަން ލީޓަރުގެ ތެޔޮ ބަރުކޮށްގެ ދަތުރުކުރި މި ތެޔޮ ބޯޓަށް ދިޔަވާކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިއަދު ހަވީރު 15:10 ހާއިރެވެ. މި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ޑައިވަރުންގެ ޓީމެއްވަނީ ހާދިސާ ހިނގައިގެން އުޅޭ ސަރަޙައްދައް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައެވެ.

ބޯޓުގެ ހަލްއިން ދިޔަވާތަން ކޯސްޓްގާޑުގެ ޑައިވަރުންކުރި މަސައްކަތުން ދެނެގަނެވި ދިޔަވުންވަނީ ކޮންޓްރޯލް ކުރެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.