އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން "ރެސްކިޔު އޮޕަރޭޝަން" ގައި ބޭނުންކުރާ "ޓާން ޓޭބަލް ލެޑަރ" ބޭނުންކޮށްގެން ފަރިތަކުރުންތަކެއް ހުޅުމާލޭގައި ބާއްވައިފި

ތާރީޚް: 26-06-2021, 14:48


އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން "ރެސްކިޔު އޮޕަރޭޝަން" ގައި ބޭނުންކުރާ "ޓާން ޓޭބަލް ލެޑަރ" ބޭނުންކޮށްގެން ފަރިތަކުރުންތަކެއް ހުޅުމާލޭގައި ބާއްވައިފިއެވެ.

އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން "ރެސްކިޔު އޮޕަރޭޝަން" ގައި ބޭނުންކުރާ "ޓާން ޓޭބަލް ލެޑަރ" ބޭނުންކޮށްގެން ވަނީ ފަޔަރ ޑްރިލްއެއް ކުރިއަށް ގެންގޮސްފައެވެ.

މިއަދު 13:00 އިން 16:00 އަށް ހުޅުމާލެ ސިފްކޯ ހިޔާ ފްލެޓްގައި ކުރިއަށްގެންދިޔަ ފަރިތަކުރުންތައް ބައްލަވާލެއްވުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލްޢަބްދުﷲ ޝަމާލް ވަނީ އެ ސަރަޙައްދަށް ޒިޔާރަތްކުރައްވާފައެވެ.

މި ފަރިތަކުރުންތަކުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން "ރެސްކިޔު އޮޕަރޭޝަން" ގައި އުސްއިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި ފަޔަރ ފައިޓަރުން ޓާން ޓޭބަލް ބޭނުންކޮށްގެން ހަރަކާތްތެރިވާގޮތުގެ ތަމްރީނުތަކެއް ވަނީ ދައްކާލާފައެވެ.

އެފްއާރްއެސްއިން މި ތަމްރީނުތައް ކުރިއަށްގެންދިޔަ ވަގުތު އެފްއާރްއެސްގެ ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ޝަރީފާއި، އެފްއާރްއެސްގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނަންޓް ކާނަލް މުޙައްމަދު ނަދީމް އިބްރާހީމްގެ އިތުރުން އެފްއާރްއެސްގެ މާލޭ ފަޔަރ ސްޓޭޝަންގެ ކޮމާންޑަރ މޭޖަރ އަޙްމަދު ފާއިޒް ރަޝާދާއި އެފްއާރްއެސްގެ ކޮމާންޑް ސާޖަންޓް މޭޖަރ، ކޮމާންޑް ސާޖަންޓް މޭޖަރޢަބްދުﷲ ޖުނައިދާއި އަދި އެމްއެންޑީއެފްގެ ގިނަ އަދަދެއްގެ ފަޔަރ ފައިޓަރުން ބައިވެރިވެފައިވެއެވެ.