މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ސަދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 17-07-2021, 13:20


މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު ހެނދުނު 08:39 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ސަދަން އޭރިއާ ޏ.ފުވައްމުލަށް ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ޏ.ފުވައްމުލަކުގެ އިރުން 11 މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ "އުފާ" ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުުރުން 60 އަހަރު ދިވެހި ފިރިހެނަކަށެވެ.

މިގޮތުން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކާމާއެކު ޏ. ފުވައްމުލަކުގެ ސީ އެމްބިއުލާންސް "އުފާ" ދޯނީގައި ހުރި އެމީހާ ފުވައްމުލަކަށް ގެނެސްދެވިފައި ވަނީ މިއަދު ހެނދުނު 09:45 ހާއިރުއެވެ. މި މީހާ މިހާރު ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ގެންދެވިފައެވެ.