މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 17-07-2021, 14:30


މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކަށް ކުއްލި ޞިއްޙީ މައްސަލައެއް ދިމާވެގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ މަޢުލޫމާތު މިއަދު މެންދުރު 12:00 ހާއިރު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންއަށް ލިބުމާއެކު ހދ. ކުޅުދުއްފުށީ ސީ އެމްބިއުލާންސް ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މި ހާދިސާގައި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ ހއ. ގައްލަންދޫ ކަނޑުގައި މަސްވެރިކަން ކުރަމުންދިޔަ "ޢަޒުމް" ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުުރުން 49 އަހަރު ދިވެހި ފިރިހެނަކަށެވެ. މިގޮތުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކާމާއެކު އެމީހާ ހދ. ކުޅުދުއްފުއްޓަށް ސީ އެމްބިއުލާންސް ގައި ގެންދެވިފައި ވަނީ މިއަދު މެންދުރު 13:33 ހާއިރުއެވެ. މި މީހާ މިހާރު ވަނީ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދެވިފައެވެ.