މޫސުމް ގޯސްވެ ސ.ހިތަދޫގެ ދެ ގެއަކަށް ގެއްލުން ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 23-07-2021, 19:55


މޫސުމް ގޯސްވެ ސ.ހިތަދޫގެ ދެ ގެއަކަށް ގެއްލުން ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިއަދު މެންދުރުފަހު ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ސ.ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލައި، އިތުރު ގެއަކަށް ފެން ވަންނަމުންދާ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ވިއްސާރަވެ، ވައިގަދަ ވުމުގެ ސަބަބުން ސ.ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލި ކަމުގެ މަޢުލޫމާތު މިއަދު ހަވީރު 15:41 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ އެކު، ފުރާޅު އެއްލާލި ގެއަށް ސިފައިން ގޮސް ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސ.ހިތަދޫގެ ގެއަކަށް ފެން ވަންނަކަމުގެ މަޢުލޫމާތު މިއަދު ހަވީރު 16:45 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ އެކު، ސިފައިން އެ ގެއަށް ގޮސް، އެގެއަށް ފެން ވަނަނުދިނުމަށްޓަކައި، އެގޭގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.