ޝީޝާ ޝޯ ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން އެފްއާރުއެސްއިން ހަރަކާތްތެރިވެއްޖެ

ތާރީޚް: 24-07-2021, 13:10


ގަލޮޅުގައި ހުންނަ ޝީޝާ ޝޯ ރޫމްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއިން ހަރަކާތްތެރިވެއްޖެއެވެ.

މިހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްއަށް މިއަދު މެންދުރު 11:48 ހާއިރު ލިބުމާއެކު ވަގުތުން ވަނީ ހަރަކާތްތެރިވާން ފަށާފައެވެ. އެފްއާރުއެސްގެ ފަޔަރ ފައިޓަރުން އެތަނަށް ދިޔައިރު ޝޯ ރޫމްގައި ރޯވެފައިވާ އަލިފާން އެތަނުގެ މުވައްޒަފުން ކުރި މަސައްކަތުން ވަނީ ނިއްވާލާފައެވެ. މިހާދިސާގައި އަލިފާން ރޯވެފައި ވަނީ ޝޯ ރޫމްގައި ހުރި ސާކެޓް ބޯޑެއްގައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.