ދިޔަވަމުން ދިޔަ ދޯންޏަކަށް އެމްއެންޑީއެފް މާލެ އޭރިއާއިން އެހީތެރިކަން ފޯރުކޮށްދީފި

ތާރީޚް: 26-07-2021, 02:55


ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް، ހުޅުލެ ކާގޯ ޖެޓީގައި މުދާ ބަރުކުރަމުންދިޔަ ދޯންޏެއް ދިޔަވުމާއި ގުޅިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މިހާދިސާގެ ރިޕޯޓް މިރޭ 00:55 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބުމާއެކު އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ވަނީ ވަގުތުން ހަރަކާތްތެރިވާން ފަށާފައެވެ. މިހާދިސާގައި ދިޔަވެފައި ވަނީ "ދިރުން" ނަމަކަށް ކިޔާ 85 ފޫޓްގެ މުދާ އުފުލާ ދޯންޏެކެވެ. މި ދޯނި ދިޔަވާން ފެށުމުން މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން ޑައިވަރުންގެ އެހީތެރިކަމާއެކު ދޯނީގައި ހަލާކުވެފައި ހުރި ޕަންޕު މަރާމާތުކޮށް އެޕަންޕުގެ އެހީގައި ދޯނީގެ ދިޔަ ކޮންޓްރޯލްކުރެވިފައި ވަނީ މިރޭ 02:45 ހާއިރުއެވެ. މިހާދިސާގައި ދޯނީގައި ތިބި 9 މީހުންގެ ތެރެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.