ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި އޮތް ބަލިމީހަކު، އެމްއެންޑީއެފް ޑޯނިއަރގައި މާލެ ގެނެސްދީފި

ތާރީޚް: 23-08-2021, 20:40


ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު، އެމްއެންޑީއެފް ނޮދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިއަދު (23 އޮގަސްޓް 2021) މާލެ ގެނެސްދީފިއެވެ.
އުމުރުން 54 އަހަރުގެ މި އަންހެން މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިރޭ 19:18 ހާއިރުއެވެ.