ޤަވާއިދާ ޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ދެ ބޯޓެއް، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފި

ތާރީޚް: 13-09-2021, 20:45


ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ކަނޑުގެ ސަރަހައްދަށް ޤަވާޢިދާ ޚިލާފަށް ވަދެ އުޅުނު ބޭރުގެ ދެ މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

މި ދެ މަސް ބޯޓުގެ ތެރެއިން ފުރަތަމަ ބޯޓު ފެނިފައިވަނީ 2021 ސެޕްޓެންބަރު 11 ވަނަ ދުވަހުގެ 17:55 ހާއިރުއެވެ. އަދި ދެވަނަ ބޯޓު ފެނިފައިވަނީ، 2021 ސެޕްޓެންބަރު 12 ވަނަ ދުވަހުގެ ފަތިހު 05:54 ހާއިރުއެވެ.

މި މަސް ބޯޓުތައް ހޯދުމަށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، އެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ "އަސުރުމާ 3" ދޯނީގެ ފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް  ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ.

ސަރުކާރުގެ ކަމާގުޅުން ހުރި މުއައްސަސާތަކާ ގުޅިގެން، ކޯސްޓްގާޑު ޝިޕް ޝަހީދު ޢަލީ ބެލުމުގެ ދަށުން މި ދެ ބޯޓު ވަނީ މިހާރު ހުޅުމާލެ ފަޅަށް ވައްދާފައެވެ.