ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތާރީޚް: 14-09-2021, 11:15


ގދ.ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު (14 ސެޕްޓެންބަރު 2021) މާލެ ގެނެސްދީފިއެވެ.

މިއަދު 10:55 ހާއިރު މާލެ ގެނެސްދިން ބަލި މީހާއަކީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ. މި މީހާ، ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްދީފައިވަނީ މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމުންނެވެ.