ގއ. އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި ކުއްޖަކު އެމްއެންޑީއެފް ޑޯނިއަރގައި މާލެ ގެނެސްދީފި

ތާރީޚް: 15-09-2021, 02:17


ގއ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި ކުއްޖަކު، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިއަދު (15 ސެޕްޓެންބަރު 2021) މާލެ ގެނެސްދީފިއެވެ.
އުމުރުން 11 އަހަރުގެ މި ކުއްޖާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ ކުއްޖާ ބެއްލެވި ޑޮކްޓަރު ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި ކުއްޖާ މާލެ ގެނެސްފައިވަނީ މިއަދު 03:00 ހާއިރުއެވެ.