ޕާކުކޮށްފައި އޮތް ޕިކަޕެއްގައި ރޯވި އަލިފާން އެމްއެންޑީއެފް އެފްއާރުއެސްއިން ނިއްވާލައިފި

ތާރީޚް: 07-10-2021, 22:05


މާލެހިޔާ ކައިރީ ޕާކުކޮށްފައި އޮތް ޕިކަޕެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވެ، ރޯވި އަލިފާން ނިއްވާލައިފިއެވެ. މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް އެފްއާރުއެސް ފަޔަރ ކޮންޓްރޯލް ރޫމަށް ލިބުނީ މިރޭ 20:49 ހާއިރުއެވެ. ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު އެފްއާރުއެސް ފަޔަރމަނުންގެ ޓީމެއް ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގައި ހަރަކާތްތެރިވެފައެވެ. އަދި ފަޔަރމަނުން ކުރި މަސައްކަތުން ރޯވެފައިހުރި އަލިފާން، މިރޭ 20:55 ހާއިރު ވަނީ އެއްކޮށް ނިއްވާލާފައެވެ.

 

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާއިރު ރޯވި ޕިކަޕު ވަނީ ވަރަށް ބޮޑަށް ހަލާކު ވެފައެވެ.