ފީލްޑްޓްރިޕް ދަތުރެއްގައި ޅ.އަތޮޅު މަދަރުސާގެ ދަރިވަރުން އެމްއެންޑީއެފް ނޮދަން އޭރިއާއަށް ޒިޔާރަތްކޮށްފި

ތާރީޚް: 09-10-2021, 17:35


ފީލްޑްޓްރިޕް ދަތުރެއްގައި ޅ.އަތޮޅު މަދަރުސާގެ ދަރިވަރުން އެމްއެންޑީއެފް ނޮދަން އޭރިއާއަށް ޒިޔާރަތްކޮށްފިއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާއާއި ޅ.އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ގުރޭޑް 5،6 އަދި 7 ގެ ދަރިވަރުން ކަރިކިއުލަމްގައި ހިމެނޭ ގަސްގަހާގެއްސާއި ކުޅިއާ ބެހޭ މަޢުލޫމާތު އެއްކުރުމަށް ޅ.މާކޮއަށް ދިޔުމަށް އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށްޓަށް އޮކްޓޫބަރު 9 ވަނަ ދުވަހު ހެނދުނު ވަނީ ޒިޔާރަތްކޮށްފައެވެ. މި ދަތުރުގައި އެ މަދަރުސާގެ 49 ދަރިވަރުންނާއި، 10 މުދައްރިސުންނާއި، 10 ބެލެނިވެރިން އަދި ނަރުހެއް ބައިވެރިވެއެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާ ޅ.މާފިލާފުށި ފަޅުތެރޭގައި އޮންނަ ޅ. މާކޮއަށް ދަރިވަރުން ޒިޔާރަތްކުރަނީ،  އެ ރަށަކީ ކުޅިއެއް އޮންނަ ރަށެއްކަމުން، އެ މަދަރުސާގެ ދަރިވަރުން ތިމާވެށި މާހައުލު އިތުރަށް ދިރާސާ ކުރުމުގެ ގޮތުންނެވެ.