މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު ފުވައްމުލަކަށް ގެންގޮސްދީފި

ތާރީޚް: 11-10-2021, 11:05


ޏ.ފުވައްމުލަކުގެ އިރުއުތުރުން 22 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ދޯންޏެއްގައި ހުރި މީހަކު ހާލު ބޮޑުވެގެން އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ފުވައްމުލަކަށް ގެންގޮސްދީފިއެވެ.


މި ހާދިސާގައި ހާލު ދެރަވީ، "ސަމަކު" ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި ބިދޭސީ ފަޅުވެރިއެކެވެ. އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު ހެނދުނު 07:34 ހާއިރު ހާދިސާގެ މަޢުލޫމާތު ލިބުމުން، އެ ދޯނި އޮތް ސަރަހައްދަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ. އަދި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ބަލި މީހާ ފުއްވަމުލަކަށް ގެންދެވިފައިވަނީ މިއަދު ހެނދުނު 10:27 ހާއިރުއެވެ.