ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މާލެ ގެނެސްދީފި

ތާރީޚް: 12-10-2021, 19:25


ތ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ބަލިމީހަކު އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ހެލިކޮޕްޓަރުގައި މިއަދު (12 އޮކްޓޯބަރ 2021) މާލެ ގެނެސްދީފިއެވެ.

މިއަދު އިރުއޮއްސި 18:03 ހާއިރު މާލެ ގެނެސްދިން ބަލި މީހާއަކީ އުމުރުން 89 އަހަރުގެ އަންހެނެކެވެ. މި މީހާ، ޞިއްޙީ އަވަސް ފަރުވާއަށް މާލެ ގެނެސްދީފައިވަނީ މި މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމުންނެވެ.