ސަޕްލައި ދޯންޏެއްގައި ހުރި ފަޅުވެރިއަކަށް ޞިއްޙީ ކުއްލި މައްސަލައެއް ދިމާވެގެން، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު ގއ.ވިލިގިއްޔަށް ގެންގޮސްދީފި

ތާރީޚް: 13-10-2021, 09:35


ގއ.ކެރެއްދޫ ފަޅުގައި އަޅާފައި އޮތް ސަޕްލައި ދޯންޏެއްގައި ހުރި ފަޅުވެރިއަކަށް ޞިއްޙީ ކުއްލި މައްސަލައެއް ދިމާވެގެން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ގއ.ވިލިގިއްޔަށް ގެންގޮސްދީފިއެވެ.

މި ހާދިސާގައި ހާލު ދެރަވީ، "ލޫނު-1" ނަމަކަށް ކިޔާ ދޯނީގައި ހުރި އުމުރުން 61 އަހަރުގެ ފަޅުވެރިއެކެވެ. އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ރޭ ދަންވަރު 02:07 ހާއިރު ހާދިސާގެ މަޢުލޫމާތު ލިބުމުން، އެ ދޯނި އޮތް ސަރަހައްދަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ސިފައިން ގޮސް، އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ. އަދި، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާ އެކު ބަލި މީހާ ފުއްވަމުލަކަށް ގެންދެވިފައިވަނީ ރޭ 03:26 ހާއިރުއެވެ.