ޅ.ނައިފަރު މަދަރުސަތުލް އިފްތިތާޙުގެ ދަރިވަރުން، ނައިފަރު ފަޔަރ ސްޓޭޝަނަށް ޒިޔާރަތްކޮށްފި

ތާރީޚް: 20-11-2021, 22:37


ޅ.ނައިފަރު މަދަރުސަތުލް އިފްތިތާޙުގެ ދަރިވަރުން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ޅ.ނައިފަރު ފަޔަރ ސްޓޭޝަނަށް މިއަދު ޒިޔާރަތްކޮށްފިއެވެ.

މި ޒިޔާރަތުގައި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތާއި، އަލިފާނުގެ ހާދިސާތައް ކޮންޓްރޯލް ކުރުމުގައި ސިފައިން ގެންގުޅޭ ބައެއް އާލާތްތަކާ ބެހޭގޮތުން ދަރިވަރުންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އަދި، ފަޔަރ އިންސިޑެންޓެއް ހިނގުމުން އަމަލުކުރަންޖެހޭނެ ގޮތާއި، އެފަދަ ހާދިސާއެއް މެދުވެރިވެދާނެ ކަމަށް ޓަކައި ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން ވެސް ވަނީ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދީފައެވެ.



އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ޅ.ނައިފަރު ފަޔަރ ސްޓޭޝަނަށް މަދަރުސަތުލް އިފްތިތާޙުގެ ދަރިވަރުން ކުރި ޒިޔާރަތުގައި އެ ދަރިވަރުންނަށް މަޢުލޫމާތު ފޯރުކޮށްދެއްވީ ނައިފަރު ފަޔަރ ސްޓޭޝަންގައި މަސައްކަތް ކުރާ ސިފައިންނެވެ.