ނޮދަން އޭރިއާއިން ހދ.ހިރިމަރަދޫގައި ފަޔަރ އެވެއަރނެސް ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ތާރީޚް: 22-11-2021, 22:05


އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން ހދ.ހިރިމަރަދޫގައި ފަޔަރ އެވެއަރނެސް ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ނޮވެންބަރު 22 ވަނަ ދުވަހު ހދ.ހިރިމަރަދޫގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގެ 29 ކަނބަލެއް ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރާނެ ގޮތްތައް ވަނީ ދަސްކޮށްދީފައެވެ. މީގެ އިތުރުން އަލިފާން ނިވިއާއި ފަޔަރ ބްލޭންކެޓް ބޭނުންކުރާނެ ގޮތްތައް ޢަމަލީ ގޮތުން ވަނީ ފަރިތަކޮށްފައެވެ. މި ޕްރޮގްރާމުގައި ބައިވެރިންނަށް ކިޔަވައިދެއްވީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގައި މަސައްކަތް ކުރައްވާ އެފްއާރްއެސްގެ ސިފައިންނެވެ.