ޏ.އަތޮޅު ހޮސްޕިޓަލުގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ޑޯނިއަރގައި މާލެ ގެނެސްދީފި

ތާރީޚް: 23-11-2021, 19:45


ޏ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު، އެމްއެންޑީއެފް ސަދަން އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިރޭ (23 ނޮވެންބަރު 2021) މާލެ ގެނެސްދީފިއެވެ.

އުމުރުން 32 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.
އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިރޭ 19:01 ހާއިރުއެވެ.