އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ 28 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ތާރީޚް: 25-11-2021, 12:35


އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ 28 ވަނަ އަހަރީ ދުވަހުގެ މުނާޞަބަތުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑު ހެޑްކުއޯޓަރޒް ލ.ކައްދޫގައި މިއަދު (25 ނޮވެންބަރު 2021) ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަރ ކާނަލް އިބްރާހީމް ހިލްމީއެވެ.
މި ރަސްމިއްޔާތުގައި އެ އޭރިއާގައި މަސައްކަތްކުރާ އޮފިސަރުންނާއި ގިނަ އަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.


އެންއެސްއެސް ރީޖަނަލް ހެޑްކްއޯޓަރޒް – ކައްދޫގެ ނަމުގައި އެންމެ ފުރަތަމަ ލ.ކައްދޫގައި މި  މަރުކަޒު ހުޅުވާފައިވަނީ 1993 ނޮވެންބަރު 25 ވަނަ ދުވަހުއެވެ.