ދ.ރިނބިދޫ ހެލްތު ސެންޓަރުގައި އޮތް ބަލި މީހަކު އެމްއެންޑީއެފް ޑޯނިއަރގައި މާލެ ގެނެސްދީފި

ތާރީޚް: 05-01-2022, 16:11


ދ.ރިނބިދޫ ހެލްތު ސެންޓަރުގައި ފަރުވާދެމުންދިޔަ ހާލުދެރަ ބަލި މީހަކު، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އެހީތެރިކަމާ އެކު އެމްއެންޑީއެފް ޑޯނިއަރ ފުލައިޓްގައި މިއަދު މާލެ ގެނެސްދީފިއެވެ.


އުމުރުން 62 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ، ޞިއްޙީ އިތުރު ފަރުވާއަށް މާލެ ގެންގޮސް، ފަރުވާދިނުމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.


އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު މެންދުރު 14:44 ހާއިރުއެވެ.