މީހެއްގެ ލޮލަށް ޒަޚަމްތަކެއް ލިބިގެން ނޮދަން އޭރިއާގެ އެހީތެރިކަމާ އެކު ކުޅުދުއްފުއްޓަށް ގެންގޮސްދީފި

ތާރީޚް: 07-01-2022, 23:25


ހދ.މަކުނުދޫ އިރުއުތުރުން 7 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަމުންދިޔަ "އާކު" ދޯނީގެ ފަޅުވެރިއެއްގެ ލޮލަށް ޒަޚަމްތަކެއް ލިބިގެން، އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަަލަށް ގެންގޮސްދީފިއެވެ.

މި ހާދިސާގައި ލޮލަށް ބުޅިއެއް ހެރި ޒަޚަމްވެފައިވަނީ "އާކު" ދޯނީގައި ހުރި އުމުރުން 47 އަހަރުގެ ދިވެހި ފަޅުވެރިއަކަށެވެ.

އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާގެ މަޢުލޫމާތު މިރޭ 20:06 ހާއިރު ލިބުމުން، މި ދޯނި އޮތް ސަރަޙައްދަށް އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ގޮސް، އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ. އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު މި މީހާ ހދ.ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ގެންދެވިފައިވަނީ މިރޭ 22:12 ހާއިރުއެވެ.