ތާރީޚް: 08-01-2022, 00:00
ސްރީލަންކާއިން މަސްވެރިކަމަށް ނުކުމެ އުޅުނު މަސްބޯޓެއް ބަނޑުން ޖަހާލައި، މާލެ އަތޮޅާއި ވ.އަތޮޅާ ދިމާލަށް އޮޔާ އަންނަކަމަށް ލަފާ ކުރެވޭތީ މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން، ޚާއްޞަ ގޮތެއްގައި ރޭގަނޑު މި ސަރަޙައްދުން ދަތުރުކުރާ ފަރާތްތަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރަމެވެ.
ކ.މާލެއިން އިންޑިއާގެ ޕޯޓް ބްލެއަރ އަށް ދަތުރުކުރަމުން ދިޔަ "ޕީ.ޖީ.ސީ ޕެރިކްލިސް" ލިކުއިޑް ޕެޓްރޯލިއަމް ގޭސް ކެރިއަރއިން މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކ.އަތޮޅުގެ އިރުމަތިން 72 ނޯޓިކަލް މޭލު ބޭރުން ވަނީ ބަންޑުން ޖަހާލި މަސްބޯޓުގެ ފަސް ފަޅުވެރިން ސަލާމަތް ކޮށްފައެވެ. ޕީ.ޖީ.ސީ ޕެރިކްލިސްއިން މި ފަސް މީހުން ނެގުމަށްފަހު ވަގުތުން ވަނީ ބޭސްފަރުވާ ފޯރުކޮށްދީފައެވެ. ސަލާމަތްކުރެވުނު ފަޅުވެރިން ބުނާ ގޮތުގައި މި ބޯޓުގައި ޖުމްލަ ހަ ފަޅުވެރިން ހަރަކާތްތެރިވަމުން ދިޔައިރު، ހަ ވަނަ ފަޅުވެރިޔާ ވަނީ ގެނބިގެންގޮސް ގެއްލިފައެވެ.
އޮޔާދާ ބޯޓުގެ އެއްވެސް މަޢުލޫމާތެއް މިސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަކަށް ލިބިއްޖެނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރ 191 އަށް ގުޅުއްވައި ދެއްވުން އެދެމެވެ.
© mndf 2020 | All rights reserved.